Home » , » ޓޫނާ ބްރޭޑް ޓޯސްޓް ހައްދަވާނެގޮތް

ޓޫނާ ބްރޭޑް ޓޯސްޓް ހައްދަވާނެގޮތް

Written By Afey Afra on Wednesday 1 July 2015 | 03:44

-          ރީކް  އައިސްޑްލައިފް -

ބޭނުންވާތަކެތި:
8 ފޮތި ޕާން
4 ބިސް
3 މ.ސަމްސާ ފިޔާ (ކުދިކޮށް ކޮށާފައި)
1 ޓޮމާޓޯ ކުދިކޮށްކޮށާފައި
1 ސ.ސަމްސާ މިރުސް
2 ސ.ސަމްސާ މަސް (ދަޅުމަސް)
1 މ.ސަމްސާ ލުނބޯހުތް
ރަހަލާވަރަށް ލޮނު
ކުޑަ އަޖިނަމޮޓޯކޮޅެއް (ބޭނުންވާނަމަ)
އަސޭމިރުސް ކޮޅެއް

ހައްދަވާނެ ގޮތް

ބިސްތައް ތަށްޓަކަށް ތެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އެތެރެފުންތަށްޓެއްގައި ޕާން ފިޔަވައި އެހެން ހުރިހާ އެއްޗެއް ރީތިކޮށް މޮޑެފައި އޭގެތެރެއަށް ބިސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ޕާން ފޮތިތަށް މެދުންކެފުމަށްފަހު ބިސްއެއްޗަށްލާ ފޯކޮށްލާށެވެ. ދެން އުދުންމައްޗަށް ތަވާއުދުމަށްފަހު ތަވާހޫނު ވެލުމުން ކުޑަ ތެޔޮފޮދެއް ހާކާފައި ފޯކޮށްފައި ހުރި ޕާންތައް ފިހެލާނީއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved