Home » » ސޯޝަލް މީޑިއާއަށް ދޭވަގުތުގެ ސަބަބުން ކިޔެވުމަށް ހުރަސްތަކެއް އެބަހުރި - ދިރާސާ

ސޯޝަލް މީޑިއާއަށް ދޭވަގުތުގެ ސަބަބުން ކިޔެވުމަށް ހުރަސްތަކެއް އެބަހުރި - ދިރާސާ

Written By Afey Afra on Saturday 17 May 2014 | 14:38









ސޯޝަލް މީޑިއާގެ ސަބަބުން ކިޔެވުމަށް ހުރަސް އެޅޭކަމަށް ކުރި ދިރާސާއަކުން ދައްކައިފިއެވެ. މަތީ ތައުލީމު ހާސިލު ކުރަމުންދާ ތަފާތު ގައުމުތަކުގެ ކުދިން ބައިވެރިކޮށްގެން ކުރެވުނު މިދިރާސާއިން ދައްކާ ގޮތުން 67 އިންސަތަ ކުދިންވަނީ ސޯޝަލް މީޑިއާގެ ސަބަބުން ކިޔެވުމަށް ހުރަސް އެޅޭކަމަށް ބުނެފައެވެ. ނަމަވެސް ސޯޝަލް މީޑިއާ ކިޔެވުމުގެ ވަސީލަތެއްގެ ގޮތުގައިވެސް ކޮންމެސް ވަރަކަށް ބޭނުން ކުރެވޭ ކަމަށް ބުނެފައިވެއެވެ.
މިނަތީޖާ އިތުރަށް ތަހުލީލު ކުރުމަށްޓަކައި ކުރެވުނު ދިރާސާ ތަކުން ދައްކަނީ ގިނަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރަނީ ދުރުގައި ތިބި އާއިލާ މީހުންނާއި ރައްޓެހިންނާއި ގުޅުން ބަދަހި ކޮށް ހިޔާލު ބަދަލުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން 74 އިންސަތަ ކުދިންނަކީ އާއްމުކޮށް ފޭސްބުކް ބޭނުން ކުރާ ކުދިންނެވެ. ޓުވިޓަރ، ޔޫޓިއުބް ފަދަ އެހެނިހެން ވަސީލަތްތަކަކީވެސް ކޮންމެސް ވަރަކަށް ކުދިން ބޭނުންކުރާ އެއްޗެހިކަމަށް ދައްކައެވެ. ސާވޭގައި ބައިވެރިވި ހުރިހާ ކުދިންވެސް ވަނީ ދުވާލަކު މަދުވެގެން އެއްގަޑި އިރަށްވުރެ ގިނައިރު އެކުދިން ސޯޝަލް މީޑިއާއަށް ވަގުތު ދޭކަމަށް ބުނެފައެވެ.
މުޙައްމަދު ނަޒީހު: މިދާރާސާ ހެދުމުގައި މީނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު
 މިދިރާސާއިން ފަހަގަ ކުރެވުނު މުހިންމު އެއް ނުކުތާއަކީ 54 އިންސައްތަ ކުދިންނަކީ ދަންވަރު ގަޑީގައިވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ކުދިންކަމެވެ. ނަމަވެސް ސޯޝަލް މީޑިއާއަށް އެޑިކްޓް ވެފައި ކަމަށް އެއްބަސްވެފައި ވަނީ 22 އިންސައްތަ ކުދިންނެވެ. ބެލެނިވެރިންގެ ވިސްނުމަށް ބަލާއިރު 66 އިންސަތަ ބެލެނިވެރިންވަނީ އެމީހުންގެ ދަރިން ސޯޝަލް މީޑިއާ ބޭނުންކުރަތީ އެއީ ކިޔެވުމަށް އެޅޭ ހުރަހެއް ކަމަށް ދެކި އެކުދިންނަށް ނަސޭހަތްތެރިވެފައެވެ.

މިދިރާސާގެ ނަތީޖާ ދައްކާ ގޮތުން 20 އިންސައްތަ ކުދިންނަކީ އާއްމުކޮށް ސޯޝަލް މީޑިއާ ބޭނުން ނުކުރާ ކުދިންނެވެ. މިކުދިން އާއްމުކޮށް ސޯޝަލް މީޑިއާ ބޭނުން ނުކުރާ ސަބަބު ދިރާސާ ކުރިއިރު 70 އިންސައްތަ ކުދިން އާއްމު ޕްލެޓް ފޯމްތަކުގައި އުޅެން ބޭނުން ނުވުމާއި ޝައުގުވެރިކަން ނެތުން ހިމެނެއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved