Home » , » އިގުތިސާދީ މުހިންމު ދެ ނަޒަރިއްޔާތެއްގެ ތަފާތު

އިގުތިސާދީ މުހިންމު ދެ ނަޒަރިއްޔާތެއްގެ ތަފާތު

Written By Afey Afra on Monday 28 April 2014 | 09:14


އިގުތިސާދަކީ ދިރިއުޅުމުގެ މައިގަނޑު ނިޒާމު ކަމަށް ވީހިނދު، މިއިލުމު ނުވަތަ މިއުލުމުގެ ތެރޭގައި ހުރި ތަފާތު ނަޒަރިއްޔާތުތައް އުފެއްދި މުއައްސިސުންގެ މެދުގައި ތަފާތު ވިސްނުން ގެންގުޅެފައިވެއެވެ. އެގޮތުން މައިގަނޑު ދެ ނަޒަރިއްޔާތު ކަމަށްވާ ކްލެސިކަލް އިކޮނިމިސްޓުންގެ ފިކުރާއި ކޭނީސިޔަން އިކޮނޮމިސްޓުންގެ ފިކުރުގައި ތަފާތުތަކެއްވެއެވެ. ކްލެސިކަލް އިކޮނޮމިސްޓުންނަކީ މީލާދީން 18 އަދި 19 ވަނަ ޤަރުނުގައި އިޤުތިސާދީ ފިކުރު ދުނިޔެއަށް ވިއްކުމަށްޓަކައި ބުރަމަސައްކަތްތަކެއް ކޮށްފައިވާ މީހުންނެވެ. އެގޮތުން އިކޮނޮމިކްސްގެ ބައްޕަ ކަމަށް ބުނާ އެޑަމް ސްމިތު އާއި، ޑޭވިޑް ރިކާޑޯފަދަ ބޭފުޅުންނަކީ ކްލެސިކަލް އިކޮނިމިސްޓުންގެ ގޮތުގައި މަސްހޫރު ބޭފުޅުންނެވެ. ކޭނީސިޔަން އިކޮނޮމިކްސް އުފެދިގެން އައީ ދެވަނަ ބޮޑު ހަނގުރާމައާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ބޮޑުތަދުގެ ހައްލެއްގެ ގޮތުގައި 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. މި ނަޒަރިއްޔާތު ތައާރަފްކުރި މޭސްތިރިޔަކީ އިނގިރޭސި ވިލާތުގެ މާހިރެއް ކަމަށްވާ ޖޯން މޭނާޑު ކޭންސް އެވެ. ޢެދުވަސްވަރު މިފިކުރަށް ތާއިދުކޮށް މިފިކުރު ވިއްކުމުގައި އުޅުނު އިލުމުވެރިންނަށް ކޭނީސިޔަން އިކޮނޮމިސްޓުންނޭ ކިޔުނެވެ.


މައިގަނޑު ގޮތެއްގައި މިދެ ނަޒަރިޔާތުގެ ތަފާތެއް ގެނެސްދޭ މަފްހޫމަކީ އިޤުތިސާދީ ކަންކަމުގައި ސަރުކާރުގެ ރޯލު ފުޅާ ކުރުމާއި ނުކުރުމެވެ. އެގޮތުން ކްލެސިކަލް އިކޮނިމިސްޓުން ގަބޫލު ކުރާގޮތުގައި އިގުތިސާދީ ސިޔާސަތުތަށް ކަނޑައެޅުމުގައި ސަރުކާރުގެ ނުފޫޒެއް އޮވެގެން ނުވާނެއެވެ. އަގުތައް ކަނޑައެޅުމާއި އިންޓަރެސްޓް ރޭޓު ފަދަ މަނިޓަރީ ސިޔާސަތާއި ގުޅުން ހުރިކަންކަން ދަންޖެހޭނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުވަދެ އޭގެ ޒާތުގައި ކަންކުރާ ފަރާތާއި ހިދުމަތް ހޯދާ ފަރާތާއި ދެފަރާތުން ނިންމާ ނިންމުމުގެ މަތީގައެވެ. ނަމަވެސް ކޭނީސިޔަން އިކޮނޮމިސްޓުން ގަބޫލު ކުރަނީ މިފަދަ ކަންކަމަކީ ސަރުކާރުން ރެގިއުލޭޓުކޮށް ހަމަ ހަމަ ކަމާއި އެކު ގެންދަން ޖެހޭ ކަންކަންމުގެ ގޮތުގައެވެ.

އަގުތައް މައްޗަށް ދިޔުމަކީ ކޭނީސިޔަންގެ ނަޒަރުގައި ކަންބޮޑުވާކަމެއް ނޫނެވެ. ނަމަވެސް އެމީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވަޒީފާގެ ފުރުސަތު މަދުވުން ނުވަތަ މުސާރަލިބޭ މަސައްކަތްތެރިން ނެތުމުގެ މައްސަލައަށެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ވާޒީފާތައް އުފައްދައި މޫސާރަދީގެން ގިނަބަޔަކަށް ތަކެތި ގަނެ ވިޔަފާރި ކުރުމުގެ ޤާބިލުކަން ލިބެންޖެހެއެވެ. އަދި މީގެ ސަބަބުން އެގްރިގޭޓް ޑިމާންޑް ދައްނުވެ ވިޔަފާރިތައް ބަނގުރޫޓު ވިޔަ ނުދިނުމަށް ބާރު އެޅޭކަމަށް އެމީހުން ބުނެއެވެ. ނަމަވެސް ކްލެސިކަލް މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ މުސާރަލިބޭ މަސައްކަތްތެރިން އިތުރުކުރުމަށްވުރެ، އަގުތައް މައްޗަށް ދާ ސަބަބަށެވެ. އެމީހުން ޤަބޫލު ކުރާގޮތުގައި އަގުމައްޗަށް ދިޔުމަކީ ދިގުމުއްދަތަކުން އިޤުތިސާދަށް ގެއްލުން ހުރި ކަމެކެވެ.

ކްލެސިކަލް އިކޮނޮމިސްޓުން ބަޔާންކޮށްފައިވާ ބަޔާން ކުރުންތަކުގައި އިޤުތިސާދެއްގެ ތެރޭގައި ސަރުކާރުން ހޭދަކުރުން އެއީ އޮންނަންޖެހޭ ކަމަކަށްވުރެ ބޮޑަށް ބާރު އަޅާފައިވަނީ ކޮންސިއުމަރުންނާއި އިންވެސްޓަރުން ހޭދަކުރުމަށެވެ. އެމީހުން ޤަބޫލުކުރަނީ އިޤުތިސާދު ދެމިއޮންނާނީ ކޮންސިއުމަރުން ކުރާ ހޭދައާއި އިންވެސްޓަރުން ކުރާ އިންވެސްޓްމަންޓްގެ މަތީގައިކަމެވެ. އިޤުތިސާދު ދެމި އޮންނާނީ ކޮންސިއުމަރުންނާއި އިންވެސްޓަރުންގެ އަތްމަތީގައި ކަމަށް ބުނާބުނުމަށް ކޭނީސިއަން ތިއަރީވެސް މުޅިން ދެކޮޅެއް ނުހަދައެވެ. ނަމަވެސް ތަފާތަކީ ސަރުކާރުން ހޭދަކުރަން ޖެހޭނެކަން އިތުރުކޮށްފައިވާ އިތުރުކުރުމެވެ. އެމީހުން ބުނާގޮތުން ސަރުކާރުން ހޭދަބޮޑުކޮށްފި ނަމަ އިޤުތިސާދީ ދުވެލި ބާރުވެދެއެވެ. ހާއްސަ ގޮތެއްގައި ކެނީސިޔަން ތިއަރީ އަމާޒު ހިފާފައިވަނީ ހާއްސަ ހާލަތްތަކަށްވާތީ، އެބައިމީހުން ބުނަނީ އިޤުތިސަދީ ބަނަކަމެއް އަތުވެއްޖެނަމަ ސަރުކާރުން އުމުރާނީ ކަންކަމަށް ޕްރޮޖެކްޓްތައް ހިންގަން ޖެހެއެވެ. އޭގެ ސަބަބުން ޕްރޮޖެކްޓަކުގައި މަސައްކަތްކުރާނެ ވަޒީފާތައް އިތުރުވެ ގައުމަށް ތަރައްޤީ ލިބޭނެއެވެ.

މިދެބައިމީހުންގެ ބަޔާންކުރުންތަކަށް ބަލާއިރު ހާމަވެގެންދާ ކަމަކީ އެއްބަޔަކު ސަރުކާރުގެ ދައުރު ބޮޑުކުރުމަށް ނަޒަރު ހިންގާއިރު އަނެއްބަޔަކު ސަރުކާރުގެ ދައުރު ނެތި، ފްރީ މާކެޓް އިކޮނޮމީއަކަށް ފިކުރު ހިންގާފައިވާކަމެވެ. ކްލެސިކަލް ތިއަރީގެ މައިގަނޑު އަސާސަށް ބަލާއިރު އެމީހުންގެ ފިކުރަކީ ދިގުމުއްތަކުން އިގުތިސާދު ދުޅަހެޔޮކުރުމެވެ. ނަމަވެސް ކޭނީސިއަންގެ މައިގަނޑު އަސާސެއްގޮތުގައި ފަހަގަކުރެވެނީ ވަގުތުން ނުވަތަ ކުރު މުއްދަތަކުން ނަތީޖާ ނެރުމެވެ. އަދި ފަހުންވާނެ ގޮތަކަށް މިހާރު ނުވިސްނާ، އެއިރަކު އޮންނަ ހާލަތަކުން ނަތީޖާ ނެރުމަށް އަމަލުކުރުމެވެ.


ދެ ނަޒަރިއްޔާތަށް ވިސްނާ ފިކުރުކުރާއިރު މިހާރު ދުނެޔޭގައި އިޤުތިސާދީ ގޮތުން އަޅާ ކޮންމެ ފިޔަވަޅަކީވެސް މީގެން ކޮންމެވެސް އެއް ނަޒަރިއްޔާތަކަށް ތަބާވާ ތަބަވުމެއްކަމަށް ބުނެވިދާނެއެވެ. ތަފާތަކީ ދެބައިމުހުންގެ ފިކުރު ބިނަކޮށްފައިވަނީ ތަފާތު ދެގަރުނެއްގައި ތަފާތު ދެހާލަތެއްގެ މައްޗަށެވެ. ދެނަޒަރިޔާތުން ކުރަހައިދޭ މަންޒަރަކީ ކްލެސިކަލް އިކޮނޮމިސްޓުން ފިކުރު ހިންގާފައި ވަނީ މާކުރީ ޒަމާނެއްގައި އާއްމު ހާލަތެއްގެ މަތީގައި ތިބެގެންކަމެވެ. ކޭނީސިއަން އިކޮނިމިސްޓުން ނަޒަރު ހިންގަފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ހާއްސަ ހަލަތެއްގައި ތިބެގެން ކަމެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved