Home » , » އިންފްލޭޝަން، ޑީފްލޭޝަން އަދި ސްޓެގްފްލޭޝަން އަށް އަވަސް ނަޒަރެއް

އިންފްލޭޝަން، ޑީފްލޭޝަން އަދި ސްޓެގްފްލޭޝަން އަށް އަވަސް ނަޒަރެއް

Written By Afey Afra on Sunday 27 October 2013 | 03:09

އިންފްލޭޝަން އަކީ ތަކެތީގެ އަގުތަށް ނިސްބަތުން ބޮޑުވަމުންދާ ބޮޑުވުމެވެ. އަދި ފައިސާގެ އަގު ދަށްވެ ދިރިއުޅުމުގެ އަގުތަށް މައްޗަށް ދިޔުމަކީވެސް އިންފްލޭޝަންއޭ ބުނެވިދާނެއެވެ. ތަކެތީގެ އަގު ބޮޑުވާ ސަބަބު ތަކުގެ ތެރޭގައި އެގްރިގޭޓް ޑިމާން މައްޗަށް ދިޔުމާއި، ޑިމާންޑާއި އެއްހަމައެއްގައި ސަޕްލައި ނުކުރެވުން ހިމެނެއެވެ. މިފަދަ ހާލަތަކަށް ދާންޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ނިސްބަތުން ފަރުދުންގެ އާއްމުދަނީ އިތުރުވުން، ކުރެވޭ ހޭދަ ބޮޑުވުން، ސަރުކާރުގެ ހޭދަ ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން އިޤުތިސާދަށް ނުކަތާވަރަށް ފައިސާ ޕްރިންޓްކޮށް ފައިސާގެ ދައުރުވުން އިތުރުވުމާއި، ބޭރުފައިސާ މަދުވުމާއިއެކު އެކްސްޗޭންޖު ރޭޓް މަތި ވެގެންދިޔުމަކީވެސް އިމްޕޯޓަށް ބަރޯސާ ވެފައިވާ ޤައުމުތަކުގައި އިންފޭލޭޝަން ނިސްބަތް އިންތިހާއަށް އަރައިގެން ދާނެ ސަބަބެކެވެ.


މައިގަނޑު ގޮތެއްގައި އިންފްލޭޝަން ބެހިގެންވާ ދެބަޔަކީ ޑިމާންޑްޕުލް އިންފްލޭޝަން އާއި ކޯސްޓްޕުޝް އިންފްލޭޝަންއެވެ. ޑިމާންޑް ޕުލް އިންފްލޭޝަންއަކީ މަތީގައި ބުނެވިދިޔަހެން ލިބެން ހުންނަ މުދަލުގެ އަދަދަށްވުރެން އެމުދާ ގަތުމަށް ބޭނުންވާ މިންވަރު އިތުރުވެގެންދާ ދިޔުމުގެ ސަބަބުން އަގުތަށް މައްޗަށް ދިޔުމެވެ. އަޅުގަނޑުމެންގެ އިގުތިސާދަށް ނަޒަރު ހިންގާލާއިރު ރަމަޟާންމަހަށް ތައްޔާރުވުމަށް ކުރެވޭ ހޭދާގައި އަގުތަށް މައްޗަށް އަރައިގެން ދާދިޔުމަކީ ޑިމާންޑްޕުލް އިންފްލޭޝަންއޭ ބުނެވިދާނެއެވެ.

ކޯސްޓްޕުޝް އިންފްލޭޝަންއަކީ މުދާއުފައްދާ ފަރާތުން ކުރިންހުރިވަރަށްވުރެ އެމުދަލުގެ އަގު ބޮޑުކޮށްފައި ބާޒާރަށް ނޭރޭނެރުމެވެ. މައިގަނޑު ގޮތެއްގައި މިހެން ދިމާވާސަބަބަކީ، މަސައްކަތްތެރިންގެ އަގު ބޮޑުވުން ނުވަތަ މުސާރަ ބޮޑުވުމާއި، މުދާ އުފައްދަން ކުރެވޭ އެހެނިހެން ހޭދަތަކަށް ކަމަށްވާ، ރޯމެޓީރިއަލްއާއި، ބޭނުންކުރާ ބިމުގެކުއްޔާއި، އަދިވެސް އެހެނިހެން ހަރަދުތައް ބޮޑުވުމެވެ. އުފައްދާ މުދަލުގެ ޓެކްސް އިތުރުވެއްޖެ ނަމަވެސް ކޯސްޓްޕުޝް އިންޕްލޭޝަން ދިމާވެއެވެ.

މީގެއިތުރުން މުޅި ދުނިޔޭގެ ބާޒާރުގައި ބައިނަލްއަޤުވާމީ ލެވެލްގައި ތަކެތީގެ އަގު ބޮޑުވާ ބޮޑުވުމުގެ ސަބަބުން، ގައުމުތަކުގައި އިންފްލޭޝަން ރޭޓް މަތިވެގެން ދެއެވެ. އެންމެ އާއްމުކޮށް ބުނާނަމަ ތެލުގެ އަގު އަރައިގެން ދާދިޔުމަކީ، ދުނިޔޭގެ ފެންވަރުގައި އަގުތައް މައްޗަށް ޖެހެން ދިމާވަ ސަބަބެކެވެ.

ޑީފްލޭޝަންއަކީ އިންފްލޭޝަންގެ އިދިކޮޅެވެ. އަގުތަށް ނިސްބަތުން ދަށްވުމާއި އެކު ފައިސާގެ އަގު މައްޗަށް އެރުމެވެ. ދިރިއުޅުމުގެ އަގުތަށް ތިރިވުމެވެ. ޑީފްލޭޝަން ދިމަވާ ސަބަބު ތަކަކީ އިންފްލޭޝަން ދިމާވާ ސަބަބުތަކުގެ އިދިކޮޅެވެ. ޑިމާންޑަށްވުރެ މުދަލުގެ ސަޕްލައި ގިނަވުމާއި، އެގްރިގޭޓް ޑިމާންޓް ދައްވުމާއި، ބޭރުފައިސާގެ އަގު ވެއްޓުމާއި އެކު އިމްޕޯޓް މުދާ އަގު ހެޔޮވުން ހިމެނެއެވެ. މިފަދަ ސަބަބު ތަކާއިހުރެ ޑީފްލޭޝަންއަކީވެސް އިގުތިސާދީ ދުވެއްޔަށް ހުރި ނުރައްކަލެވެ.


ސްޓެގްފްލޭޝަންއަކީ އިންތިހާއަށް ތަކެތީގެ އަގުމައްޗަށް އަރައިގެން ދިޔުމާއި އެކު ވަޒީފާގެ ފުރުސަތުތައްވެސް ނެތި ދިޔުމެވެ. 1970ގެ އަހަރުތަކުގައި މުޅި ދުނިޔެ މިހާލަތަށް ވެއްޓިގެން ދިޔައެވެ. އެއީ ބޮޑުތަދު ލައިގަތުމެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved