Home » , » ބާޒާރުގެ ހާލަތްތަކުގެ ތެރެއިން މޮނޯޕޮލީއަށް ނަޒަރެއް

ބާޒާރުގެ ހާލަތްތަކުގެ ތެރެއިން މޮނޯޕޮލީއަށް ނަޒަރެއް

Written By Afey Afra on Sunday 10 March 2013 | 14:24



ކޮންމެ ވައްތަރެއްގެ ވިޔަފާރިއެއްވެސް އޭގެ ޒާތުގައި ހިނގަމުންދަނީ ބާޒާރުގެ އޮނިގަނޑު ނުވަތަ މާރކެޓު ސްޓްރަކްޗާރގެ ތެރޭގައެވެ. އެކިފަންތީގައި އެކިއެކި ވައްތަރުގެ ބާޒަރުތައް ދުނިޔޭގައި ހުޅުވަލެވިގެން ވިޔަފާރި ހިންގަމުންދާއިރު، މިދެންނެވުނު ބަޒަރުތަކަކީ ކޮންމެ ފަންތިއެއްގައި ހިންގަމުންދާ ވިޔަފާރިތަކަކަށް ވީކަމުގައިވީނަމަވެސް އެވިޔަފާރިއެއް އޮޕަރޭޓް ކުރަމުންދާ ވަގުތަށާއި ތަނުގެ ހާލަތަށް ރިއާޔަތްކޮށް އެވިޔަފާރިއަކީ މާރކެޓް ސްޓްރަކްޗަރގެ ކޮންމެވެސް އެއްގިންތިއެއްގައި ލައްވާލާނެ ވިޔަފާރިއެވެ. އެގޮތުން މިދެންނެވުނު ހާލަތްތައް އާއްމު ގޮތެއްގައި ސިފަކުރެވިފައިވަނީ ތަފާތު ހަތަރު ގިންތިއެއްގައެވެ. އެއީ މޮނޯޕޮލީ، ޑުއޯޕޮލީ، އޮލިގޯޕޮލީ އަދި ޕާރފެކްޓް ކޮމްޕެޓިޝަންއެވެ.


މޮނޯޕޮލީ މާރކެޓެއްގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެން އެންމެ ކައިރިއަށް ޖެހިލާނަމަ 2005 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގެ މުވާސަލާތީ ހިދުމަތުގެ ވިޔަފާރިއަކީ މޮނޯޕޮލީ އަށް ނިސްބަތްވާ ވިޔަފާރިއެކެވެ. މޮނޯޕޮލީ މަރކެޓެއްގެ އެންމެ އަސާސީ ސިފައަކީ، އެންމެ ފަރާތަކުން ވިޔަފާރީގެ ޚިދުމަތް ދިނުމާއި އެކު ގިނައަދަދެއްގެ ބަޔަކު އެއަށް ބަރޯސާވެފައިވާ ވުމެވެ. ކޮކަކޯލާ އަގުބޮޑު ވީމާ ބައެއްމީހުންނަށް ޕެޕްސީ ބޮލައިގެން ހިތްހަމަ ޖެހުން ލިބުނުކަމަށް ވީނަމަވެސް  މޮނޯޕޮލީއެއްގައި މިފަދަ އެއްވެސް އިހުތިޔާރެއް ކޮންސިއުމަރުންނަށް ލިބިފައެއް ނުވެއެވެ. އެހިދުމަތް ނުވަތަ އެމުދަލާއި އެއްފަދަ އެހެން ހިދުމަތެއް އެތަނުން ލިބެން ނެތުމުގެ ސަބަބުން އިތުރު އެއްވެސް ގޮތެއް ނެތިގެން ވިޔަފާރި ކުރާ ފަރާތުން ޖަހާހާ ބެރަކަށް ނަށަން ކޮންސިއުމަރުންނަށް މަޖުބޫރު ކުރުވައެވެ. ޕްރޮޑަކްޓްގެ ފުރިހަމަ ކޮންޓްރޯލް ވިޔަފާރި ކުރާ ފަރާތަށް ލިބިފައިވުމާއި އެކު އަގު ކަނޑައެޅުމުގައި ހަމައެއް ލަމައެއް ނޯންނާނެއެވެ. ޕްރައިސް ޑިސްކްރިމިނޭޝަން އަކީވެސް މޮނޯޕޮލީ ފިޔަފާރިތަކުގައި ކުރާކަމެކެވެ. އެގޮތުން އެކިއެކި ހިސާބުތަކަށާއި އަދި އެކިއެކި ފަންތީގެ މީހުންނަށް އެއްހިދުމަތެއް ނުވަތަ އެއްމުދަލެއް ފޯރުކޮށްދިނުމުގައި އަގު ތަފާތު ކުރުން ހިމެނެއެވެ. އަދި މޮނޯޕޮލީއެއްގެ ސިފަ ޖެހިފައިވާ ވިޔަފަރިތަކަށް އެހެން ބަޔަކު ވަނުމުގައިވެސް ބޮޑަތި އުނދަގޫތަކެއް ހުރެއެވެ.

ޕްރައިވެޓް ސެކްޓަރ އެހަށް ދޫކޮށްލުމަށްފަހު ސަރުކާރާއި ދިމައަށް ޖެހިލަމާ ހިނގާށެވެ. ދުނިޔޭގެ އާޖުފާޖަށް ބަލާއިރު ސަރުކާރުން ނުވަތަ ދައުލަތުން ހިންގާ ބައެއް ކަހަލަ މޮނޯޕޮލީ ވިޔާފާރިހުރެއެވެ. އެންމެ އާއްމު ގޮތެއްގައި ސީދާ ދައުލަތުން ހިންގާ މިފަދަ ވިޔަފާރިތަކުގެ ތެރޭގައި ކަރަންޓާއި ފެނާއި އަދިވެސް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ހިމެނެއެވެ. އިގުތިސާދީ ނަޒަރަކުން ބަލާއިރު ދުނިޔޭގެ ގައުމުތަކުގައި މިފަދަ ވިޔަފާރިތައް ދައުލަތުން ހިންގަމުންދަނީ ރައްޔިތު މިހާގެވެސް ލަބައާއި މަންފާއަށް ޓަކައެވެ. އެގޮތުން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން މިފަދަ އަސާސީ ޙިދުމަތްތަކެއް ވިޔަފާރި އުސޫލުން ދިނުމުގެ މައިގަނޑު މަފްހޫމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް އަތްފޯރާފަށުގައި މިފަދަ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. މިކަންމިގޮތަށް ކުރުމުގެ މަޤުސަދަކަށްވެފައިވަނީ ވިޔަފާރިއަށް ވުރެ ޚިދުމަތަކަށް އިސްކަން ދިނުމެވެ.

ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު ވިޔާފާރިކުރާ ފަރާތްތައް ގިނަވުމާއި ތަފާތު އެކިއެކި ވެރައިޓީތަކުގެ ވިޔަފާރިއަށް އިންވެސްޓްކުރުން އާއްމުވެގެން ދިޔުމާއި ގުޅުގެން ޕްރައިވެޓް ސެކްޓަރގެ ތެރެއިން މިހާރު މޮނޯޕޮލީ ދަނީ ނެތި އުވެމުންނެވެ. މޮނޯޕޮލީގެ ސިފަ ވިޔަފާރީގައި ޖެހުމަކީ ހިދުމަތް ލިބިގަންނަ ފަރަތްތަކާއި މުދާ ގަންނަ ފަރާތްތަކަށް ހުރި ބޮޑު ގޮންޖެހުމެކެވެ. މޮނޯޕޮލީއެއް ހިނގަމުންދަނިކޮށް އިތުރު ބަޔަކު އެފަދަ އެހެން ވިޔަފާރިއެއް އެތަނެއްގައި ފަށައިފިނަމަ އެބާޒާރުގެ ހާލަތު ޑުއޯޕޮލީއަށް ބަދަލުވެގެން ދެއެވެ.
Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved