Home » » އޮސްކާ ޒާހިރުގެ ހަދިޔާ، ދަރިވަރުންނަށް ލިބުނު ފަހިކަން

އޮސްކާ ޒާހިރުގެ ހަދިޔާ، ދަރިވަރުންނަށް ލިބުނު ފަހިކަން

Written By Afey Afra on Thursday 24 January 2013 | 01:54



އަހުމަދު ޒާހިރު ނުވަތަ (އޮސްކާ ޒާހިރު) 2011 ވަނަ އަހަރު ވޫޖޫދަށް ނެރުނު އޭނާގެ އަމިއްލަ ވެބްސައިޓް އިކޯނޯ މޯލްޑިވްސް ޑޮޓް ނެޓް ވެގެން ދިޔައީ ކޭމްބުރިޖް އޯލެވެލްގައި އިކޮނޮމިކްސް ކިޔަވަމުންދާ ދަރިވަރުންނަށް ކޮށައިދެވުނު ޢިލްމީ އަލި މަގަކަށެވެ. މިވެބްސައިޓް ދަރިވަރުންނަށް ފަހިވެގެންދާ އެންމެ މުހިންމު އެއްސަބަބަކީ ގްރޭޑް އަށަކުން ފެށިގެން ދިހައަކާއި ހިސާބަށް މުޅި ސިލަބަސް އެކަށައަޅުއްވާފައިވާލެއް ފުރިހަމަކަމެވެ. އެގޮތުން ސިލަބަހުގައި ޖުމްލަ 25 ބައެއް ހިމެނޭއިރު، 2003 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި އިކޮނޮމިކްސްއިން ކުރިމަތިކޮށްފައިވާ ހުރިހާ ސުވާލެއްވަނީ ޝާޢިއުކުރެވިފައެވެ.

ވެބްސައިޓްގައި ހިމެނޭ ބައިތަކުގެ ތެރެއިން އެކްސްޕްލެނޭޓަރީ ނޯޓްސްގެ ބައިގައި އިމްތިހާނަށް މުހިންމު ފިލާވަޅުތައްވަނީ ވަރަށް ސަރީހަކޮށް ކުދިންނަށް ސާފުވާނެހެން ތަފްޞީލްކޮށްލަދެއްވާފައެވެ. އަދި މީގެއިތުރުން ޖުމްލަ 9 ތީމްގެ މައްޗަށް އެކުލެވޭ ތެމެޓިކް ނޯޓްސްގެ ތެރޭގައި މުޅި މުގައްރަރު 50 ފިލާވަޅުގެ މައްޗަށް ބައިކޮށް، ކޮންމެ ފިލާވަޅެއްވެސް ވަރަށް ފަސޭހައިން ކުދިންގެ ހިތަށް ނަގައިގަނެވޭނެ ގޮތަށް ވަނީ ކުރުކޮށް ފޮނިކޮށް ބަޔާންކޮށްދެއްވާފައެވެ.

މިވެބްސައިޓާއި ބެހޭ ގޮތުން އަޙުމަދު ޒާހިރު ބުނެފައިވަނީ މިއީ ދިވެހިރާއްޖޭގައި އިކޮނޮމިކްސް ކިޔަވާދަރިވަރުންނަށް އޭނާ ކޮށްފައިވާ ހަދިޔާއެއްކަމަށެވެ. ވެބްސައިޓް ޢިލްމީގޮތުން މުއްސަނދިކުރުމުގައި އޭނާ ދެމިހުންނާނެކަމަށެވެ. " މީގައި ހުންނާނީ އަޅުގަނޑު އަމިއްލައަށް ވަރަށް ބުރަ މަސައްކަތުން ހަދާފައިވާ ނޯޓްސް، ބްލޮގް ފަރުމާކޮށްފައިވާނީ ދަރިވަރުންނަށް ވަރަށް ފަސޭހައިން ފިލާވަޅުތައް ވަކިވަކިން ބަލާލެވޭނެގޮތަށް" ޒާހިރު އޭނާގެ އަމިއްލަ މަސައްކަތާއި ބެހޭގޮތުން ބުނެފައިވެއެވެ. އަދި މީގެއިތުރުން އޯލެވެލްއަށް ތައްޔާރުވަމުންދާ ދަރިވަރުން ސްކޫލްގައި ކިޔަވާކިޔެވުމުގެ އިތުރުން ޓިއުޝަނެއްގެ ގޮތުގައިވެސް މިވެބްސައިޓަށް ޒިޔާރަތްކުރުމުން ފުދެއެވެ. މިޢިލްމީ ވެބްސައިޓްގެ ބޭނުން އެންމެ ފުރިހަ ގޮތުގައި ދަރިވަރުން ހިފައިފިނަމަ ވެގެންދާނީ އިމްތިހާނުގެ ނަތީޖާ އުޖާލާ ކުރުވާނެކަމަކަށެވެ. މިވެބްސައިޓްގެ އެޑްރެހަކީ  http://www.economaldives.net އެވެ.

އަޙްމަދު ޒާހިރު އަކީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި އިކޮނަމިކްސް ކިޔައިވައިދެއްވުމުގެ އިތުރުން، ލ.ގަން އިހައްދޫ ސްކޫލްގެ ޕްރިންސިޕަލްކަމާއި ހއ.ކެލާ މަދްރަސަތުލް ޝައިޚް އިބްރާހީމްގެ ޕްރިންސިޕަލްކަމާއި އަދި މެދު ދެކުނު ޕްރޮވިންސްގެ އެޑިއުކޭޝަން ޔުނިޓް ހިންގުމުގައި ވެރިއެއްގެ ގޮތުގައި ތަފާތު އެކިފަހަރުމަތިން މަސައްކަތްކޮށްފައިވާ، ތައުލީމީ ދާއިރާގައި ފާހަގަކުރެވޭ ޢިލްމީ އަދި ފަންނީ މާހިރެކެވެ.


Share this article :

0 comments:

-

Instagram @afeyafra

ފަހުގެ ލިޔުންތަކުން



 
Mohamed Afrah |
Copyright © 2013. afeyafra - All Rights Reserved